އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޚާއްސަ ކެމްޕެއިން އިވެންޓެއް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް "އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޓީމުން ހާމަކޮށްފިއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވީ، ރައީސް ބައިވެރިވެވަޑައިގަންނަވާ ޚާއްސަ އިވެންޓު އޮންނާނީ މިއަދު ހަވީރު 16:30 ގައި ކަމަށެވެ. އެގޮތުން މި ހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ 1 ވަނަ ރުއްގަނޑުގައެވެ.

އެމްޑީޕިން ވަނީ މި ހަރަކާތުގައި ހުޅުމާލޭގައި ދިރިއުޅުއްވާ ރައީސް ޞާލިޙާއި، އެމްޑީޕީއަށް ތާއީދު ކުރައްވާ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.



ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ވަރަށް ފޯރިއާއިއެކު ކެމްޕޭން ޙަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން