ދެވަނަ ބުރުގައި ވޯޓުލާ މީހުން ވަކިކުރަން ފާހަގަ ޖަހާނީ ވައަތުގެ މެދު އިނގިލީގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާ މީހުން ވަކިކުރުމަށް ފާހަގަޖެހުމަށް ކޮމިޝަނުން ނިންމާފައިވަނީ ވައަތު މެދު އިނގިލީގައި ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާ މީހުން ފާހަގަކުރުމަށް މާރކް ކޮށްފައިވަނީ ވައަތު ޝަހާދަތް އިނގިލީގައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު 282،804 މީހަކަށް ލިބިފައިވާކަމަށް އީސީން މަޢުލޫމާތުދެއެވެ. ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ 30 ވަނަ ދުވަހުގެ ހެނދުނު 8:00ން ހަވީރު 5:00 އަށެވެ.

ސެޕްޓެމްބަރ 30 ވަނަ ދުވަހު އޮންނަ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރަށްވާނީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު އާއި، އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން