ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އެމްޑީޕީން ވަކިވެއްޖެއެވެ.

އޭނާ އެމްޑީޕީން ވަކިވެވަޑައިގެން ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް މަސައްކަތް ކުރާކަމަށް މައުލޫމާތު ލިބެއެވެ. ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންނެވީ މި ސަރުކާރަށް ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވުމާއި ނެޝެނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އިސްލާހުނުކުރެވުމުގެ އިތުރުން އަދިވެސް ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް ހުރުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި އަހަރު މޭ މަސް ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ 13 މެންބަރުން ވަނީ އެ ޕާޓީން ވަކިވެ, ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދާފަ އެވެ. އޭގެ ތެރެއިން 2 މެންބަރުން އަލުން އެނބުރި އެމްޑީޕީއަށް ގުޅިވަޑައިގެންފައިވެއެވެ.

އޭގެ ފަހުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވެސް ވަނީ ދާދި ފަހުން އެމްޑީޕީން ވަކިވެ ޕީޕީއެމްއާ ގުޅިފައެވެ.

މިއީ މިއަހަރު އެމްޑީޕީން ވަކިވި 16 ވަނަ މެންބަރެވެ. މި ބަދަލުތަކާ އެކު، އެމްޑީޕީ ތަމްސީލުކުރައްވާ މަޖިލީހުގެ މެމްބަރުންގެ މިހާރުގެ އަދަދަކީ 55 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން