އަހުމަދު ޝާހް   28 ސެޕްޓެމްބަރު 2023 - 20:51
މައްޗަންގޯޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާން އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން މިއަދު ބުނެފައިވަނީ، ސިނާން އެމްޑީޕީއަށް ގުޅިވަޑައިގަތުމަށްފަހު މެމްބަރޝިޕް ފޯމް އެޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލަށް ޙަވާލު ކުރަށްވާފައިވާ ކަމަށެވެ.

ސިނާނަކީ ރައީސް ޔާމީންގެ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވާލި 12 މެންބަރުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އަދި އެ ސަރުކާރުގައި ބަންދުކޮށް، ސިޔާސީ ގޮތުން ދައުވާތައް ކުރި ބޭފުޅުންގެ ތެރޭގައިވެސް ސިނާން ހިމެނެއެވެ.

ސިނާން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު، މައްޗަންގޯޅި ދެކުނު ދާއިރާގެ މިހާރުގެ މެންބަރު އަޙްމަދު ހައިތަމް ވަނީ މިއަދުގެ ވަގުތެއްގައި އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން