ކުޑަކުދިން ރޭޕްކުރާ މީހުންނަށް އަދަބުދޭން ހުރަސް އަޅަނީ ވެސްޓަރން ގްރޫޕުން ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒައިދުގެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުރިހާ ޝައިޚުންވެސް ގޮވާލަނީ ކުޑަކުދިން ރޭޕްކުރާ މުޖުރިމުންނަށް ޙައްޤު އަދަބު ދިނުމަށް ކަމަށާއި، ނަމަވެސް އެކަމަށް ވެސްޓަރން ގްރޫޕް ތަކުގެ މީހުން ހުރަސް އަޅަމުން ގެންދާ ކަމަށެވެ. ޝައިޚް ޒައިދު ވެސްޓަރން ގްރޫޕްކަމަށް އިޝާރާތް ކުރަށްވާ ފަރާތެއް ސާފުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ވެސްޓަން ގްރޫޕްގެ ލަފްޒީ މާނައަކީ ހުޅަނގުގެ އުސޫލުތަކާ ގޮތްތައް ގަބޫލުކޮށް ބަލައިގަންނަ ބައެކެވެ. އެފަދަ މީހުންނަކީ އިސްލާމް ދީނުގެ ޝަރުޢީ ހުކުމްތަކުގެ ތެރޭގައި ހިމެނޭ މަރުގެ ހުކުމާއި ރަޖަމް ކުރުމާއި އަތްކެނޑުންފަދަ ހުކުމްތައް ތަންފީޒު ކުރުމާ ދެކޮޅަށް ވަކާލާތުކުރާ މީހުންނެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޗީޕް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް 10 ކުޑަކުއްޖަކަށް ބްލެކްމެއިލް ކުރިކަމުގެ މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ. މިބައްދަލުވުމުގައި 2017 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ކުޑަކުދިންނާއިމެދު ކުރެވޭ އެކިއެކި ބާވަތުގެ ގޯނާތަކާއި އަނިޔާތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ފުލުހުން ވަނީ ހާމަކޮށްފައެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، "ކުޑަކުދިން ރޭޕް ކުރަނީ އެކަން ކުރާ މީހެއްގެ ނުބައި ނުލަފާކަމުން ކަމާމެދު އެއްވެސް ޝައިޚަކު ދެބަސް ނުވާ" ކަމަށެވެ.
މީގެ އިތުރުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، ރޭޕިސްޓުންނަށް ޙައްޤު އަދަބު ނުދީ، ރޭޕް ހުއްޓުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެހެން ކަމުން ބައެއް ބޭފުޅުން ރޭޕާއި ދެކޮޅު ހައްދަވަނީ ހަމައެކަނި ނަމަކަށްތޯ ޒައިދު ސުވާލު އުފެއްދެވިއެވެ. ޝައިޚް އިތުރަށް ވިދާޅުވީ، ރޭޕް ހުއްޓުވޭނީ އިސްލާމީ ހަމަތަކުގެ މަތިން އެމީހުންނަށް އަދަބު ދީގެން ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، 2017 ވަނަ އަހަރު ޖިންސީގޯނާގެ 263 މައްސަލައަކާއި 2018 ވަނަ އަހަރު 250 މައްސަލަ އަދި 2019 ވަނަ އަހަރު މިފަދަ 256 މައްސަލަ ހުށަހެޅިފައިވާއިރު މިއަހަރުގެ މިހާތަނަށް އެފަދަ 158 މައްސަލަ ހުށަހެޅިފައިވެއެވެ.

Kudakudhin rape kurany ekan kuraa myheh ge nubai nulafaa kamun kamaa medhu ehves sheikheh dhebaheh nuvey! In fact hurihaa sheikhun ves govaalany efadha janavaarunge amal hingaa mujurimunnah 'Haggu Adhab' dheyn! Namaves ekamah ves huras alhany anekkaaves mi western group!
— Ali Zaid (@alizaid1000) July 16, 2020
މީގެ އިތުރުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، ރޭޕިސްޓުންނަށް ޙައްޤު އަދަބު ނުދީ، ރޭޕް ހުއްޓުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެހެން ކަމުން ބައެއް ބޭފުޅުން ރޭޕާއި ދެކޮޅު ހައްދަވަނީ ހަމައެކަނި ނަމަކަށްތޯ ޒައިދު ސުވާލު އުފެއްދެވިއެވެ. ޝައިޚް އިތުރަށް ވިދާޅުވީ، ރޭޕް ހުއްޓުވޭނީ އިސްލާމީ ހަމަތަކުގެ މަތިން އެމީހުންނަށް އަދަބު ދީގެން ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، 2017 ވަނަ އަހަރު ޖިންސީގޯނާގެ 263 މައްސަލައަކާއި 2018 ވަނަ އަހަރު 250 މައްސަލަ އަދި 2019 ވަނަ އަހަރު މިފަދަ 256 މައްސަލަ ހުށަހެޅިފައިވާއިރު މިއަހަރުގެ މިހާތަނަށް އެފަދަ 158 މައްސަލަ ހުށަހެޅިފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު