މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ އިންތިޚާބީ މައްސަލަތަކާ ގުޅިގެން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އެމީހުންގެ ތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ދެއްކުމާއި، ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން ފުލުހުންގެ ބެލުމުގު ދަށަށް ގެނެސްފައިވާ މީހުން ކަމަށެވެ.

ފުލުހުން ބުނީ އެމީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައި ކަމަށެވެ.

މިއަދު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު, ވޯޓު ކަރުދާސް ދޭއިރު ކުރަހާފައި ހުންނާތީ ލ.ފޮނަދޫ ތިން ނަންބަރު ވޯޓު ފޮށީގެ ވޯޓުލުން ވަނީ މެދުކަނޑާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން