މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ އިންތިޚާބީ މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 7 މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އޭގެތެރެއިން 7 މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެމީހުންގެ ތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ދެއްކުމާއި، ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން ފުލުހުންގެ ބެލުމުގު ދަށަށް ގެނެސްފައިވާ މީހުން ކަމަށެވެ.



މިއަދު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ވޯޓު ކަރުދާސް ދޭއިރު ކުރަހާފައި ހުންނާތީ ލ.ފޮނަދޫ ތިން ނަންބަރު ވޯޓު ފޮށީގެ ވޯޓުލުން ވަނީ މެދުކަނޑާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން