ލ. ފޮނަދޫ ތިން ނަމްބަރު ފޮށީގެ ވޯޓުލުން އަލުން ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ފޮނަދޫގައި ވޯޓު ކަރުދާހުގައި ކުރެހި މައްސަލައެއްގައި ވަގުތީގޮތުން ވޯޓުލުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެފޮށީގައި ކަރުދާސް ދޫކުރަންހުރި އޮފިޝަލް މަސައްކަތުން ދުރުކޮށްފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

ފޮނަދޫ ތިން ނަންބަރު ވޯޓުފޮށީގައި ދިމާވި މައްސަލަ ހައްލުކުރުމަށްފަހު ވޯޓުލާން ފަށާފައިވާކަމަށްވެސް އީސސީން މައުލޫމާތުދެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ވޯޓު ކަރުދާސް ދޫކުރާ އޮފިޝަލުގެ އަތުގައި ގަލަމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ވޯޓު ކަރުދާސް ދޭއިރު ފާހަގަ ޖެހުމުގެ ފުރުސަތުވެސް ނޯންނާނެ ކަމަށެވެ. އޭގެއިތުރުން ވޯޓުލުމުގެ އެންމެހައި ކަންތައްތައް ހިނގަމުންދާނީ އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައިކަން އީސީން ފާހަގަކޮށްފައިވެއެވެ.

"މިހާރު ކުރީގެ ފޮށީގެ އޮފިޝަލު މަސްއޫލިއްޔަތުން ދުރުކޮށް އެހެން މަސައްކަތެއް އޭނާއަށް ވާނީ ހަވާލުކޮށްފައި. ދެން ވޯޓު ކަރުދާސް އަލުން ދޫކުރަން ފެށިއިރުވެސް ބެލިން ކަރުދާހުގައި މައްސަލައެއް އުޅޭތޯ. ނެތް އެކަމު ފާހަގަވެފައެއް." ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 282804 މީހުންނަށް ލިބިފައިވެއެވެ. އޭގެތެރެއިން މިހާތަނަށް އެއްލައްކަ ސާޅީސް އެއް ހާސް މީހުން ވޯޓުދިނުމުގެ ޙައްޤު އަދާކޮށްފައިވާ ކަމަށް އީސީގެ ނައިބު ރައީސް ޙަބީބު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން