ރިޔާސީ އިންތިޚާބުގައި މިއަދުގެ މެންދުރު 13:00 އާ ހަމައަށް 149،524 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އީސީން ބުނީ މިހާތަނަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 73234 އަންހެނުންނާއި 76290 ފިރިހެނުން ކަމަށެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 52.87 އިންސައްތައެވެ.
އީސީގެ ނައިބުރައީސް އިސްމާޢީލް ޙަބީބު ވިދާޅުވެފައިވަނީ ވޯޓުލުން ހިނގަމުންދަނީ އަމާންކަމާއި އޮމާންކަމާއެކު ކަމަށެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 282804 މީހުންނަށް ލިބިފައިވެއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްލަ ވޯޓުލީ 225398 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ އާބާދީގެ 80 އިންސައްތަ މީހުންނެވެ.
އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 17:00 އާ ހަމައަށެވެ.

ކިޔުންތެރިންގެ ހިޔާލު