އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ކާމިޔާބު ކުރެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު ހެޔޮގޮތުގައި ސާބިތުވެ ހުންނެވުމަށް ދާޚިލީ ވަޒީރު އިމްރާން ނަސޭޙަތްތެރިވެ ވަޑައިގެންފިއެވެ.

ޑރ. މުޢިއްޒުއަށް މަރުޙަބާ ވިދާޅުވެ މީސް މީޑިއާ މެދުވެރި ކުރަށްވައި ފޮނުއްވި މެސެޖެއްގައި އިމްރާން ވިދާޅުވީ ދިވެހިން ގޮތް ނިންމައިފި ކަމަށެވެ. އޭގެ އިތުރުން އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުއިއްޒަށް ގުޅައި އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ސިޔާސީ ގޮތުން ހަލަބޮލި މިދުވަސްވަރު ވެރިކަންކުރުމަކީ ފަސޭހަކަމެއްކަމަށް ނުފެންނާތީ ހެޔޮގޮތުގައި ސާބިތުވެ ހުންނެވުމަށް ޑރ. މުޢިއްޒުއަށް ނަސޭހަތްތެރި ވެލެއްވި ކަމަށެވެ. އަދި މިފަހަރުގެ އިންތިޚާބުން ޢަދާލަތުޕާޓީން ތާޢީދުކުރި ކެންޑިޑޭޓު ބަލިވީ ނަމަވެސް އެކަމުގައިވެސް ހެވެއް އޮންނާނެކަމަށް އިމްރާން ވިދާޅުވިއެވެ.

“އަޅުގަޑާއެކު މަސައްކަތް ކުރެއްވި ކޮންމެ ބޭފުޅަކު ވާނީ މިބަސް އެތައް ފަހަރު އަޑު އަހާފައެވެ.” އިމްރާން ވިދާޅުވެފައިވެއެވެ.



އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރެއްވީ 126،499 ވޯޓު ހޯއްދަވައިގެންނެެވެ. މުއިއްޒާ ވާދަކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ޞާލިޙަށް ލިބިވަޑައިގަތީ 108،735 ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން