ޗައިނާގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ފޮނުއްވައިފިއެވެ.
ރައީސް ޞާލިޙް މިއަދު ވަނީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ 49 ވަނަ އަހަރީ ދުވަސް ފާހަގަކުރާ މުނާސަބާއާ ގުޅުވައި ޗައިނާގެ ރައީސް ޝީ ޖިން ޕިންއަށް ތަހުނިޔާ ވިދާޅުވެ ސިޓީފުޅެއް ފޮނުއްވައިފައެވެ.
ޗައިނާގެ ރައީސް ޝީއަށް ރައީސް ޞާލިހު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ މެދުގައި އޮތީ ވަރުގަދަ ބަދަހި ގުޅުމެއް ކަމަށެވެ. އަދި މުސްތަޤްބަލުގައިވެސް ދެޤައުމުގެ މެދުގައި އެކުވެރިކަން އިތުރަށް ބަދަހިވެ ތަރައްގީއަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތް އިތުރަށް ވަރުގަދަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
އެއާ އެކު ރައީސް ވަނީ، ރައީސް ޝީ ޖިންޕިންއަށް ފުރިހަަމަ ސިއްހަތެއް އެދޭހާލު، ޗައިނާގެ ރައްޔިތުންނަށް ފާގަތިކަމާއި ހެޔޮ ގޮތް މެދުވެރިވުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ޗައިނާގެ ކޮމިއުނިސްޓް ލީޑަރު މާއޯ ޒެޑޮންގް އެ ގައުމަކީ 'ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ'ގެ ގޮތުގައި އިއުލާންކުރީ 1949 ވަނަ އަހަރުގެ އޮކްޓޯބަރު އެއްވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު