އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު ރައީސް ޞާލިޙް އާއި ބައްދަލު ކުރަށްވަމުން އެބަގެންދަވައެވެ.

ރައީސް އޮފީހުގައި ދެބޭފުޅުންގެ ބައްދަލުވުން ފަށާފައިވަނީ މިއަދު މެންދުރު 15:00 ގައެވެ.

ޑރ. މުޢިއްޒު މިވަގުތު ހުންނެވީ ރައީސް އޮފީހުގައެވެ. މި ބައްދަލު ކުރެއްވުމުގެ ރަސްމީ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކުން މީޑިއާއަށް ހާމަ ކުރަށްވާފައެއް ނުވެއެވެ.

އިއްޔެގެ އިންތިޚާބު ޑރ. މުޢިއްޒު ކާމިޔާބު ކުރަށްވާފައިވަނީ ރައީސް ޞާލިޙްގެ މައްޗަށް އަށާރަހާސް ވޯޓުން ކުރި ހޯއްދަވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން