އެމްޑީޕީ ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ އަލުން އެމްޑީޕީއާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވެވި މެސެޖެއްގައެވެ. ފައްޔާޒް ވަނީ އެކަން އެމްޑީޕީގެ ޤައުމީ މަޖިލީހަށް ޙިއްސާ ކުރަށްވާފައެވެ.

އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ޝައުޤުވެރިކަން ރައީސް ނަޝީދު ފާޅުކުރަށްވާފައިވާއިރު ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީގެ ސްޓޭންޑް ކަނޑައަޅަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް އެޕާޓީގެ ޗެއަރޕާސަން ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ ޖެނުއަރީމަހު ބޭއްވި އެޕާޓީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެ ވަޑައިގެންނެވުމުން އުފެދުނު ދެބަސްވުމުގައި "ފިކުރެއްގެ ދިރުން" ނަމުގައި އުފެއްދެވި ފެކްޝަނުގައި އުޅުއްވި ބޭފުޅުން ސިޔާސީ ޕާޓީއެއް އުފެއްދެވުމުންނެވެ.

އެޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރި ނަމަވެސް ލިބިފައިވަނީ 3 ވަނަ އެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓުން ނިންމާފައިވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން