ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު ހެނދުނު 11:00 ގައި ކަމަށެވެ.

މިއީ ރިޔާސީ އިންތިޚާބަށްފަހު، ރައީސް ޞާލިޙް ނޫސްވެރިންނާ ބައްދަލު ކުރަށްވާ ފުރަތަމަ ފަހަރެވެ. ރައީސް ޞާލިޙް ވަނީ އިންތިޚާބުގެ ބަލި ޤަބޫލު ކުރަށްވައި، އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އާއިވެސް ބައްދަލުކުރައްވާފައެވެ.

ހަމައެއާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރާ "ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ޤާނޫނު" ގައިވާ ގޮތުގެ މަތިން ކުރައްވަންޖެހޭ އެންމެހައި ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެކަމަށް މަގުފަހިކުރުމަށްޓަކައި ޚާއްޞަ ކޮމިޓީއެއްވެސް ރައީސް ވަނީ އުފައްދަވައިފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޑރ. މުޢިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ 54 އިންސައްތަ ވޯޓުންނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ސާލިހަށް ލިބިވަޑައިގަތީ 45.9 އިންސައްތަ ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން