ނިޒާމީ ވޯޓުގައި ޑިމޮކްރެޓުން ކުރިއަށްދާނީ ޕީޕީއެމް/ޕީއެންސީގެ މަޝްވަރާގެ މަތިން ކަމަށް ދަ ޑިމޮކްރެޓްސްގެ މުއައްސިސް އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވާ ދަ ޑިމޮކްރެޓްސްގެ ޗެއަރޕާސަން ޙަސަން ލަތީފް މިމޭރުމުން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރެއްގައި ދަ ޑިމޮކްރެޓްސް ބައިވެރިވާނެކަން ރޭ ވަނީ ހާމަކޮށްފައެވެ.

ޙަސަން މިއަދު ވިދާޅުވީ، ނިޒާމީ ވޯޓުގެ ކަންކަމުގައި ޑިމޮކްރެޓުން ކުރިއަށްދާނީ ޕީޕީއެމް/ ޕީއެންސީގެ މަޝްވަރާގެ މަތީން ކަމަށެވެ.



ނަމަވެސް މިކަމާއި ގުޅޭގޮތުން ޕީޕީއެމް/ޕީއެންސީން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ރިޔާސީ އިންތިހާބު ތެރޭގައި ކޯލިޝަން ހަދަން ޑިމޮކްރެޓްސްއާއި ޕީޕިއެމް، ޕީއެންސީން މަޝްވަރާ ތަކެއް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް އެއްބަސްވުމަކަށް ނާދެވުމުން ކުރެވުނު މަޝްވަރާތައް ފަހުން ވަނީ ހުއްޓާލާފައެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވާ ދަ ޑިމޮކްރެޓްސް އިން މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބް ވާދަކުރެއްވިއެވެ. އެގޮތުން ފުރަތަމަ ބުރުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އިލްޔާސް ލަބީބެެވެ. އިލްޔާސް ވަނީ 15 ހާހަށް ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

އަޑިކޮންނަ

17-Oct-2023

ޕީޕީއެމް ޕީއެންސީ ނޫޅެ މޮޔަވެގެނެއް. ރައްޔިތުން ގޮތްނިންމީމާ ދެން ނުޖެހޭ ވެރިކަމާހެދި ހޭބަލިވެގެން ދެފަޔަށް ހިނިއަރައިގެން ތެޅިފޮޅޭކަށެއް.



ޓްރެންޑިން