އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމުގެ ތައްޔާރީތައް މަޖިލީހުން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނެފައިވަނީ، ޤާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަޤާމާ ޙަވާލުވުމުގެ ކުރިން މަޤާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށެވެ.

އެހެންކަމުން 17 ނޮވެންބަރު 2023 ވާ ހުކުރު ދުވަހު އެ ޖަލްސާ ބޭއްވުމުގެ އިންތިޒާމްތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދާ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވެއެވެ.

މަޖިލީހުގެ އިދާރާއިން މިގޮތަށް ހާމަކޮށްފައިވާއިރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަންނަ ނޮވެމްބަރު 11ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރުމަށް ގާނޫނީ ހުރަހެެއް އޮތްތޯ ބައްލަވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިހު މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން