ރާއްޖެ ދޫކޮށް ދިރިއުޅުން ބަދަލު ކުރުމަކީ ކުރާނެ ކަމެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، ރިޔާސީ ފަސް އަހަރު ދުވަހުގެ ދައުރަށްފަހު ދިރިއުޅުއްވާނީ ރާއްޖޭގައި ކަމަށެވެ. އަދި ރާއްޖެ ނޫންތަނަކަށް ދިރިއުޅުން ބަދަލު ކުރުމަކީ ކުރާނެ ކަމެއް ނޫން ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެހެން މީހުންވެސް ދަތުރުކޮށްއުޅޭ ގޮތަށް އެމަނިކުފާނުވެސް ރާއްޖޭން ބޭރަށް ދަތުރު ކުރަށްވާނެ ކަމަށެވެ. ނަމަވެސް ދިރިއުޅުއްވާނީ ރާއްޖޭގައި ކަމަށެވެ.
"ރާއްޖެ ދޫކޮށް ދިރިއުޅުން ބަދަލު ކުރުމަނީ އަޅުގަނޑު ކުރާނެ ކަމެއް ނޫން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް ލިބިލައްވާފައިހުރި ތަޖުރިބާއާއި ޢިލްމެއްގެ އަލީގައި ކުރިއަށް އޮތްތަނުގައިވެސް ގައުމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.
ހަމައެއާއެކު އެ މަނިކުފާނު ދެމިހުންނަވާނީ އެމްޑީޕީ ވަރުގަދަކޮށް އެ ޕާޓީ ކުރިއެރުވުމުގައި ކަމަށާއި، ރިޓަޔާ ކޮށްފައި ގޭގައި އިންނަ ހިސާބަށް ނުދާ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު