އިންތިޚާބީ ނާއިބްރައީސް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފް ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީއާއި ގުޅިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އިންތިޚާބީ ނާއިބްރައީސް ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުގެ ރަނިންމޭޓުގެ ގޮތުގައި ވާދަކުރެއްވީ ޕާޓީ ބަދަލުކުރެއްވުމަށްފަހު ކަމަށެވެ.

ހަމައެއާއެކު އެމަނިކުފާނު ޕާޓީ ބަދަލުކުރެއްވިކަން މަޖިލީހުގެ އިދާރާއަށް މިހާރު އަންގަވާފައިވާ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ވެސް ލިޔެކިޔުންތައް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގައި ޕާޓީތަކަށް މެންބަރުން ނިސްބަތްވާ ގޮތަށް ބަލާއިރު، އެމްޑީޕީގައި 56 މެންބަރުން، ދަ ޑިމޮކްރެޓްސް ގައި 13 މެމްބަރުން، ޕީޕީއެމްގައި 4 މެންބަރުން، ޕީއެންސީގައި 4 މެންބަރުން، އެމްއެންޕީގައި 3 މެންބަރުން، ޖުމްހޫރީ ޕާޓީގައި 2 މެންބަރުން، އެމްޑީއޭގައި 2 މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 3 މެންބަރުން އެބަތިއްބެވިއެވެ.

20 ސެޕްޓެމްބަރުގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ތަމްސީލްކުރާ ގޮތް ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެމްޑީޕީން ކޮމިޓީތަކަށް އައްޔަނުކުރާ މެންބަރުންގެ ނަންތައް ލިބިފައިނުވާތީ ދާއިމީ ކޮމިޓީތައް އެކުލަވައި ނުލެވޭ ކަމަށް ރިޔާސަތުން މިއަދުވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން