ކުރިއަށްއޮތް ތަނުގައި ޢަދާލަތުގެ އިލްމުވެރިންގެ މަޖިލީހުގެ މަސައްކަތް ފުޅާކުރާނެ ކަމަށް އެޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށްފަހު އަދާލަތު ޕާޓީގެ ސަފުތައް އިތުރަށް ބަދަހިކޮށް ރުކުރުވާލުމަށް ރޭ ބޭއްވި ޙަފްލާގައި އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީގެ މަޤްސަދުތައް ޙާސިލް ކުރުމުގެ މަސައްކަތް ޕާޓީގެ ގުނަވަންތަކުން ހިތްވަރާއެކު ބާރަށް ކުރިޔައް ގެންދާނެ ކަމަށެވެ.

ރޭބޭއްވި ހަފްލާގައި ޢަދާލަތުގެ ލީޑަރޝިޕުންވަނީ، ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ކެމްޕޭން ޓީމުތަކުން ކުރި މަސައްކަތް ބަލައިގަންނަކަން ހާމަކޮށްފައެވެ. އޭގެ އިތުރުން އެޕާޓީގެ މަސައްކަތް ކުރިއަށްއޮތް ތަނުގައި ރާވައި، ތަރުތީބު ކުރެވޭނެ ގޮތް ހިއްސާ ކުރެވިފައިވާކަމަށް އެޕާޓީން މަޢުލޫމާތުދެއެވެ.

ރޭގެ ޙަފްލާގައި އަދާލަތުގެ ރައީސް އިމްރާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ޢަދާލަތުގެ އިލްމުވެރިންގެ މަޖިލީހުގެ މަސައްކަތް ބޮޑުތަނުން ފުޅާކުރުމަށް ކަމަށެވެ. އަދި އެކަން ކުރާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.



ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީން ތާޢީދު ކޮށްފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށެވެ. ނަމަވެސް އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން