އެމްޑީޕީ އަކީ މިވަގުތަށް ބަހުގެ އިތުބާރު ހިފޭ ޕާޓީއެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުން އެއްވެސް ޕާޓީއަކަށް ތާއީދު ނުކޮށްފި ނަމަ، ނިޒާމީ ވޯޓު ނެގުމަށް ރައްޔިތުންގެ ރުހުން ހޯދުމުގެ މަސައްކަތަށް އެމްޑީޕީން ފުރިހަމައަށް ތާއީދު ކުރާނެ ކަމުގެ ޔަގީންކަން އެޕާޓީން ދީފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީ ދިޔައިރު، ވަކި ޕާޓީއަކަށް ތާއީދު ނުކުރަން އެމްޑީޕީން ޑިމޮކްރެޓްސްގެ ކިބައިން އެދުނު ކަމަށެވެ. އަދި އެމަގަށް އެމްޑީޕީން ޑިމޮކްރެޓްސްގެ އަތުން ސިޓީއެއް ހޯއްދެވިކަމަށާއި ނަމަވެސް އަނގަބަހުން އެކަމަށް އެއްބަސްވުމަށްފަހު އެ ސިޓީއަށް އެމްޑީޕީން ޖަވާބު ނުދެއްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެމްޑީޕީ އަކީ މި ވަގުތަށް ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ކަމަށް އަޅުގަނޑު ނުދަންނަވަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް މީގެ ކުރިން ވިދާޅުވެފައިވަނީ، ނިޒާމީ ވޯޓުގެ މައްސަލާގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށްފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން އެއްބަސްކަމަށެވެ. އަދި އެގޮތަށް ޑިމޮކްރެޓުންނަށް އަނގަބަހުން މިހާރު ޖަވާބުދީފައިވާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ރާއްޖެއަށް އެންމެ ފައިދާވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމެއްގެ ގޮތުގައި އޮވެގެން ކަމަށް ރައީސް ޞާލިޙް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އަދި ނިޒާމީ ވޯޓު ނެގުމާމެދު އެމްޑީޕީގެ ޤައުމީ މަޖިލީހުން ގޮތެއް ނިންމުމަށް މިރޭ ޤައުމީ މަޖިލީސް އެއްވުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން