ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް އިތުރު ވަގުތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ސޮއިކުރަށްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީގައިވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ކަންކަމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

އެގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި، ވޯޓުލާ މީހުންގެ ރަޖިސްޓްރީ އެކުލަވާލުމާއި، ވޯޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި ވޯޓާ ގުޅޭ އެހެނިހެން ކަންކަން ކުރިއަށް ގެންދިއުމަކީ އެ ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައްކަމަށް އީސީން ވަނީ ބުނެފައެވެ.

ހަމައެއާއެކު ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވޯޓު ކަރުދާހުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ސުވާލުގެ އިބާރާތް އޮންނަންވީ ގޮތާއި، ނިޒާމީ ވޯޓުގެ ގަރާރުގައި ގޮވާލާފައިވާ ކަންތަކާ އެއްކޮޅަށް ހުރި ހުއްޖަތްތަކާއި ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައުލޫމާތު ކަރުދާހެއްގެ އިތުރުން އިންތިހާބަށް ބޭނުންވާ ބަޖެޓުގެ ކަންކަން އަވަހަށް ފާސްކޮށްދިނުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފަ އެވެ.

އެހެންކަމުން އެވޯޓު ނެގޭނެ އެންމެ އަވަސް ތާރީހު ފަހުން އަންގާނެ ކަމަށްވެސް އީސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސީޓީގައިވެއެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް މަޖިލީހުން ފާސްކުރި ގަރާރުގައި ވަނީ މިމަހު 30، ގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ. އެވޯޓު މި މަހުގެ 29 ވަނަ ދުވަހު ނަގަން މަސައްކަތް ކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން