ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއީ ރިޔާސީ އިންތިހާބަށްފަހު ޑރ. މުއިއްޒު، ރައީސް ނަޝީދާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މިއަދު ހެނދުނު 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި މަޝްވަރާކޮށްފައިވަނީ ޑރ. މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ހަމަމަގަށް އެޅުވުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނެެވެ.

އެގޮތުން ޑރ. މުޢިއްޒުގެ އިންތިޚާބީ ވައުދުތައް ފުއްދުމަށްޓަކައި މަޖިލީހުގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ޑރ. މުޢިއްޒު ވަނީ ރައީސް ނަޝީދަށް ދަންނަވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި އިންތިހާބީ ނައިބް ރައީސް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއި މަޖިލީހުގެ ނައިބް ރައީސް އީވާ އާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން