ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ރާއްޖޭގެ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ، ޑރ. މުޢިއްޒަށް މަޖިލީހުގެ ފަރާތުން މަރުހަބާ ދެންނެވި ކަމަށާއި، އަދި މަޖިލީހުގެ ފަރާތުން އެމަނިކުފަނަށް އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަންވެސް ދެއްވިކަމަށެވެ.

"މަޖިލީހުން އެބޭފުޅާއަށް ހުރިހާ އެއްބާރުލުމެއް ލިބޭނެ ވާހަކަވެސް އަޅުގަނޑު ދެންނެވިން. ދެން ޑރ. މުޢިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތާއި އެކަންކަން އެދިވަޑައިގެންފައި އޮތް ގޮތަށް އިރާދުކުރެއްވިއްޔާ ކުރިއަށް ދާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ބައްދަލު ކުރެއްވުމަށްފަހު ޑރ. މުޢިއްޒު ވިދާޅުވީ، ރައީސް ނަޝީދު ދެއްވި ޔަޤީންކަމާއެކު، ޤައުމީ މަސްލަހަތު އިސްކޮށް އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އޭގެ އިތުރުން އައު ސަރުކާރު އެކުލަވާލެއްވުމުގެ ހުރިހާ މަރުހަލާއެއްގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާތީ އެކަމަށްވެސް މުޢިއްޒުވަނީ ރައީސް ނަޝީދަށް ޝުކުރު އަދާކުރަށްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި އިންތިހާބީ ނައިބް ރައީސް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއި މަޖިލީހުގެ ނައިބް ރައީސް އީވާ އާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ހަސަންލުތުފީ

04-Oct-2023

މަޖިލީހުގެނަމުގަ އެއްވެސްކަމެއް އަމިއްލަ އަމިއްލައަށް ކުރުމުގެ އެއްވެސްބާރެއް ނަޝީދަކަށްނޯންނާނެ. ފޮނިނުކަނޑާ.



ޓްރެންޑިން