ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހަޅާފައިވާ މަސައްކަތް މިވަގުތު ކުރިއަށް ނުގެންދިއުމަށް ނިންމަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އެ މަސައްކަތް މިވަގުތު ކުރިއަށް ނުގެންދެވުމަށް ނިންމެވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ޑރ. މުއިއްޒު ހުވާ ކުރެއްވުމާއި ސަރުކާރު ފަށައިގަތުމުގައި މަޖިލީހުން ދޭންޖެހޭ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށެވެ.

ހަމައެއާއެކު އެމަނިކުފާނާއި ޑިމޮކްރެޓުންވެސް އެދެނީ އެމަސައްކަތް މިވަގުތު ނުކޮށް ޑރ. މުއިއްޒުގެ ސަރުކާރުން ރިޔާސީ ނިޒާމުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށް އެ ބައްދަލުވުމުގައި ޑރ. މުއިއްޒަށް ދެންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ނަމަވެސް އެބޭފުޅާވެސް ދެކެވަޑައިގަންނަވަނީ މި މަސައްކަތް ފަހުން ކުރެވެން އޮތް މަސައްކަތެއްގެ ގޮތުގައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ، ޑރ. މުއިއްޒަށް ރައީސްކަން ރީތިކޮށް ކުރުމަށް ޖާގަދިނުމަށްޓަކައި ނިޒާމީ ވޯޓުގެ މަސައްކަތް މި ވަގުތަށް މަޑުޖައްސާފައި ބޭއްވުމަށް ފެންނަކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން