ބޭނުންވަނީ ޖުމްހޫރީ މައިދާނުގައި ދިވެހި ދިދައިގެ ހިޔަލުގައި ހުވާ ކުރުމަށް ކަމަށް އިންތިޤާލީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި އިންތިޒާމު ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

އެގޮތަށް އެދިވަޑައިގެންނެވީ ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެރިވެވޭނެ ގޮތަށް ހުވާ ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންފުޅުވާތީކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. ހަމައެއާއެކު "ދިވެހިންގެ ރާއްޖެ" އަނބުރާ ހޯދަން ކުރާ މަސައްކަތުގައި ދިވެހި ދިދައިގެ ހިޔަލުގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަން ބޭނުންފުޅުވާކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ޑރ. މުޢިއްޒު އިންތިޚާބުވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަޖިލީހުގެ ރައީސް ނަޝީދާއެކު ވަނީ ރަސްމީ ބައްދަލުވުމެއް ބާއްވަވާފައެވެ. އެބައްދަލުވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ، ޑރ. މުޢިއްޒަށް މަޖިލީހުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބޭނެކަމަށެވެ.

އޭގެއިތުރުން ޑރ. މުޢިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތު އެމަނިކުފާނު އެދިވަޑައިގެންފައި އޮތް ގޮތަށް ކުރިއަށް ދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން