ރައީސް ޔާމީންގެ ހައްޤުގައި މަސައްކަތް ކުރުމުގެ ހިތްވަރު އަދިވެސް ހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިމޭރުމުން ވިދާޅުވީ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމު މިނިވަން ކުރަން ހިިންގާ މަގުމަތީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް އެމަނިކުފާނު އެދިވަޑައިގަތުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮންނެވި ދުވަސްވަރު ޕީޕީއެމް/ޕީއެންސީން މުޒާހަރާ ރޭވުމުގަޔާއި އަދި މުޒާހަރާތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެގޮތުން 2 ފަހަރެއްގެ މަތިން އެބޭފުޅާވެސް ފުލުހުންގެ ހައްޔަރަށް ގެންދިޔަކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު އަމިއްލަ ޢާއިލާއާއި މަޖިލީހުގައި ތަމްސީލުކުރައްވާ ދާއިރާއަށްވެސް ވަގުތު ނުދެއްވައި، ކުރެއްވި ހުރިހާ މަސައްކަތެއް ކުރެއްވީ ރައީސް ޔާމީން އާއި ޕާޓީއާއި ޤައުމުގެ ހައްޤުގައި ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

"އެ ހިތްވަރު އަދިވެސް ހުންނާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

މަގުމަތީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް ޔާމިން އެދިވަޑައިގަތީ ހުޅުމާލޭ ކެމްޕެއިން ޓީމު އެމަނިކުފާނަށް ފަރިވަޅެއް އެރުވުމަށް ރޭ ބޭއްވި ހަރަކާތުގައި ގެކޮޅުގައި ހުންނަވައިގެން ސަޕޯޓަރުންނާއި މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނު މިނިވަން ކުރަން ހިންގާ މަގުމަތީ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ.

އަދި މިހާރު ޕީޕިއެމްގެ މުޒާހަރާ ކުރާ ފަރާތްތައަ ނަގާ އުކާލަން ފުލުހުންނާއި ސިފައިން ނާންނާނެ ކަމަށް ޔާމިން ވިދާޅުވިއެވެ. ޔާމިން ވަނީ ޕީޕިއެމްގެ އިސް ބައެއް ބޭފުޅުން އެމަނިކުފާނު މިނިވަންކުރަން ކުރާ މަސައްކަތުގައި ބައިވެރިވެވަޑައިނުގަންނަވާ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

މުނީރު މުޙައްމަދު

17-Oct-2023

ޖަޒުބާތު ގައި އެ އިޅުއްވަނީ


2

ނިޒާރު

17-Oct-2023

މިވަގުތަކީ ގައުމުގެވެރިކަމާހަވާލުވާން ތަށްޔާރުވާމުންދާބަޔަކު މަގުމައްޗަށްނުކުމެ މުޒާހަރާކުރަންވި ވަގުތެއް ނޫޫއްހެން ހީވަނީ


0

ގައުމީރޫޙު

17-Oct-2023

ރައީސް ޔާމީން މިނިވަން ކުރުމަށް ގަޓުހުންނާނޭ ކިޔަމުން ގޮވަމުން މަގުމަތި ހަލަބޮލިކުރުމުގެ އާދަ ހުއްޓާލަން އެބަޖެހޭ! ޝަރީޢަތުގެ ނިޒާމުގެ ތެރެއިން ތިޔަކަން ކުރެވޭނެ! ކޯޓުތައް ހަމަމަގަށް އަޅުވަން އިންތިޚާބީ ރައީސް ގެ ދައުރަށް ފުރުސަތު ދޭންޖެހޭ! ރައީސަކު ހޮވަނީ މަގުމަތިހަރަކާތް ޖައްސަން ސަކަރާތް ޖަހާކަށް ނޫން. ރައީސަކު ހޮވާ އޭނާ ރައީސްކަމުގެ ހުވާ ކުރަން ފުރުސަތުދީ! ވެރިކަން ހެޔޮގޮތުގަ ކުރަން ފުރުސަތުދީ



ޓްރެންޑިން