އަހުމަދު ޝާހް   7 އޮކްޓޯބަރު 2023 - 21:1
އިންތިޤާލީ މަރުހަލާގައި ދައުލަތުގެ މިނިސްޓްރީތަކާއި އިދާރާތަކާއި ކުންފުނިތަކުގެ މައުލޫމާތު އެއްކުރަން 15 ޓްރާންސިޝަނަލް ކޮމިޓީ އެކުލަވާލާފައިވާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ހާމަކޮށްފި އެވެ.

އިންތިޤާލީ މަރުހަލާގެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އައްޔަންކޮށްފައިވާ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު ވިދާޅުވީ، އިންތިޤާލީ މަރުހަލާގެ މަސައްކަތުގައި ޖުމްލަ 15 ޓީމަކުން ހަރަކާތްތެރިވާނެ ކަމަށެވެ. އެއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތްކުރާނެ ހަތް ޓީމަކާއި، ސަރުކާރު ވުޒާރާތަކުންނާއި އޮފީސްތަކުން މައުލޫމާތު އެއްކުރާނެ އަށް ޓީމެކެވެ.

ފިރުޒުލް ވިދާޅުވީ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން ތަމްރީނު ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ކޮމިޓީއެއްގައި 25 އާއި 30 އާ ދެމެދުގެ އަދަދަކަށް މެމްބަރުން ތިއްބަވާނެ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

ޓްރާންސިޝަނަލް ކޮމިޓީތަކަކީ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ ދަށުން މަސައްކަތް ކުރާ ކޮމިޓީތަކެކެވެ. މި ކޮމިޓީތަކުގެ މައިގަނޑު ޒިންމާއަކީ ވެރިކަން ނަގުލުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ސަރުކާރުގެ މަސައްކަތަށް ބުރޫނާރާނެ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމެވެ.

ފިރުޒުލްވަނީ އިންތިގާލީ މަރުހަލާގެ މަސައްކަތްތަކަށް ސަރުކާރުން ދޭ އެއްބާރުލުމަށް ޝުކުރު އަދައިކުރަށްވައިފައެވެ. އަދި އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އަވަށްޓެރި ހުރިހައި ޤައުމަކާއި، ރާއްޖެއާއި ގާާތްގުޅުން އޮންނަ ވަރަށް ގިނަ ޤައުމުތަކުގެ ވެރީންނަށް ދަޢުވަތު އަރުވަން ތައްޔާރުވަމުން އަންނަ ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ސާރާ

09-Oct-2023

.މިފްކޯ , ފެލިވަރު ވަރަށް މުހިއްމު



ޓްރެންޑިން