އުންމީދަކީ އާސަރުކާރުގެ މަގާމުތަކުގައި ޑިމޮކްރެޓުންވެސް ތިއްބެވުންކަމަށް ދަ ޑިމޮކްރެޓްސްގެ މުއައްސިސް އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވާ ދަ ޑިމޮކްރެޓްސްގެ ޗެއަރޕާސަން ޙަސަން ލަތީފް މިމޭރުމުން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރެއްގައި ދަ ޑިމޮކްރެޓްސް ބައިވެރިވާނެކަން މީގެކުރިންވަނީ ހާމަކޮށްފައެވެ.

ޑިމޮކްރެޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފު ވިދާޅުވީ އުންމީދުކުރަނީ އާ ސަރުކާރު ހިންގުމުގައި ޑިމޮކްރެޓުންގެ ބައިވެރިވުން އޮތުން ކަމަށާއި، އެއީ ހަމައެކަނި އާސަރުކާރަށް މަޝްވަރާ އާއި ލަފާ ދިނުން އެކަނި ނޫން ކަމަށެވެ.

ހަމައެއާއެކު ޑރ. މުއިއްޒު އެކުލަވާލައްވާ ސަރުކާރާއެކު މަސައްކަތްކުރުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އެ ސަރުކާރުގައި ދެން ބައިވެރިވަނީ ކޮން ޕާޓީތަކެއްތޯ ބެލުމުގެ ޝައުގެއް ޑިމޮކްރެޓުން ނުގެންގުޅޭ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

"އޭގެ މާނައަކީ، ސަރުކާރުގެ އެކި މަގާމުތަކުގައި ވެސް ޑިމޮކްރެޓްސްގެ މެންބަރުން ތިއްބެވުން." ހަސަން ވިދާޅުވި އެވެ.

ޙަސަން ލަތީފް މިމޭރުމުން ވިދާޅުވެފައިވާއިރު، އިންތިޚާބީ ރައީސްގެ ތަރުޖަމާނު މުުހައްމަދު ފިރުޒުލް ވެސް ވިދާޅުވެފައިވަނީ ޑރ. މުއިއްޒުގެ ވިސްނުންފުޅު ހުރީ ގާބިލުކަމާއި ޖަވާބުދާރީވުމުގެ ޝަރުތު ފުރިހަމަވާނަމަ، ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް، ސަރުކާރުގައި ހިމެނިވަޑައިގަތުމުގެ ފުރުސަތު އެރުވުމަށް ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް އިތުރަށް ވިދާޅުވީ ޑިމޮކްރެޓްސްގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައި ޕްރައިމަރީއެއް ބާއްވާނެ ކަމަށެވެ. ހަމައެއާއެކު ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ ޕާޓީގެ އިންޓެރިމް ކައުންސިލުން، ޕާޓީ ތެރޭގައި ގޮފި އުފައްދައިގެން މަސައްކަތްކުރެވޭ ގޮތަށް ފާސްކޮށްފައިވާކަމަށް ޙަސަން މިއަދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވާ ދަ ޑިމޮކްރެޓްސް އިން މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައިވަނީ 15 ހާހަށް ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ދިވެހި ރައްޔިތުން

09-Oct-2023

ތިތާކު ނެން މަގާމެއް އަދާކޮށްލެވޭހާ ގާބިލު އެކަކުވެސް ދަޑިމޮކްރޭޓޫންގެ އެކަކަށް ވެސް މުއިއްޒު ވަޒީފާ ދީފިއްޔާ ތިވެރިކަންވެސް ހަލާކުވޭދާނެ ފަނި އަޅާނާފާނެ


-1

ޜަނާ

09-Oct-2023

ޙެޔޮ ނުވާނެ ތިމީހުން ކައިރި ކުރަން އަމިއްލަ މައިންބަފައިން ފަދައިން ދެކިގެން އުޅުނު އެމްޑީޕީ ރޫޅާލަން އެމީހުންް ކުރި މަސައްކަތަށް ވިސްނާތި މުއިއްޒު



ޓްރެންޑިން