ފަލަސްތީނުގެ މުޖާހިދުންގެ ހިތްވަރަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ސާބަސް ދެއްވައިފިއެވެ.

އިސްރާއީލުގެ އިސްތިއުމާރާއި ދެކޮޅަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާތަކަކާއެކު މުޅި ދުނިޔޭގެ ސަމާލުކަން ވަނީ މެދުއިރުމައްޗަށް ހުއްޓިފައެވެ. ހަމާސް ޖަމާއަތުން ދިން ވަރުގަދަ ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އިސްރާއީލުން ދަނީ ގާޒާގެ އެތަންމިތަނަށް ވައިގެ މަގުން ހަމަލާތައް ދެމުންނެވެ. ދެ ފަރާތުން ބަދަލުކުރަމުންދާ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.

ފަލަސްތީނުގެ މުޖާހިދުންގެ ހިތްވަރަށް ތަޢުރީފް ކުރަށްވަމުން ރައީސް މައުމޫން ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް އަނބުރާ ހޯދުމަށްޓަކާ ފަލަސްޠީނުގެ ހިތްވަރުގަދަ މުޖާހިދުން އޮކްޓޫބަރު 7 ގައި އާހިތްވަރަކާއެކު ފެށި ވަރުގަދަ ޖިހާދަށް އައްސަރިބަހާއި ސާބަސް ރައްދު ކުރާ ކަމަށެވެ.



ހަމާސްއިން އިއްޔެ ހެނދުނުން ފެށިގެން ކުރިއަށްގެންދާ "އޮޕަރޭޝަން އަޤްޞާ ފްލަޑް" ގައި އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށް އަމާޒުކޮށް ފަސްހާހަށްވުރެގިނަ ޢަދަދަކަށް ރޮކެޓް ހަމަލާވަނީ ދީފައެވެ. މި ޙަމަލާތަކުގައި އިސްރާއީލުގެ 200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިކަމާ ގުޅިގެން އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ 200 މީހުން ޝަހީދުކޮށްލާފައިވެއެވެ.

ހަމާސްއިން އިސްރާއީލަށް ރޭ ފަތިހު ދިން ހަމަލާއަކީ މިހާތަނަށް ހަމާސްއިން އިސްރާއީލާއި ދެކޮޅަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ. ޔަހޫދީންގެ ބަންދަކާއި ދިމާކޮށް ދިން ހަމަލާއާ ގުޅޭ ޖާސޫސީ އެއްވެސް މައުލޫމާތެއް އިސްރާއީލަށް ލިބިފައިނުވާތީ ދުނިޔޭގެ ގިނަ ބަޔަކަށް ވަނީ ބޮޑު ޙައިރާންކަމެއް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން