ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ރޭޕްގެ ޝިކާރައަކަށްވީ ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއްގެ ތަހުގީގު ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ އިދާރާއިން ބުނެފައިވަނީ މި މައްސަލަ ހުށަހަޅާފައިވަނީ ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހު ކަމަށެވެ.

މިއީ ކުޑަކުއްޖަކާ ގުޅޭ މައްސަލައަކަށްވާތީ ފުލުހުން މިމައްސަލައިގެ އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭޕްގެ ޝިކާރައަކަށް ވެފައިވަނީ އުމުރުން 15 އަހަރުގެ ކުޑައަންހެން ކުއްޖެކެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެފައިވާއިރު، މިއަހަރުގެ މިހާތަނަސް ޖިންސީ ގޯނާގެ މައްސަލަތަކުގެ ގޮތުގައި 220 މައްސަލަަ ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުން ބުނީ ރޭޕްގެ ޝިކާރައަކަށްވީ ކުޑަކުއްޖާ ބަލިވެއިން މައްސަލަ ތަހުގީގު ކުރިއަށްދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން