ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައްދަލުކުރަށްވައިފިއެވެ.

ދެކަނބަލުންގެ ބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ. ރައީސް އޮފީހުން ބުނެފައިވަނީ މި ބައްދަލުވުމުގައި މެޑަމް ފަޒްނާ ވަނީ އިންތިހާބީ ރައީސްގެ އަނބިކަނބަލުން ސާޖިދާއަށް މަރުހަބާ ދަންނަވާފައެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒުވެސް ވަނީ ރައީސް ޞާލިޙާ ބައްދަލު ކުރަށްވައި އިންތިޤާލީ މަރުޙަލާގައި މަސައްކަތްތައް ތަރުތީބު ކުރެއްވުމުގައި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރުގައި ރައީސް ޞާލިޙާއި ޑރ. މުއިއްޒު ވާދަކުރެއްވިއިރު، ދެވަނަ ބުރުގައި ޑރ. މުއިއްޒު ކުރިހޯއްދެވީ ރައީސް ޞާލިޙަށްވުރެ 19،291 ވޯޓު އިތުރަށް ހޯއްދަވައިގެންނެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން