ނަޖީހާ (ވ)
ނަޖީހާ (ވ)
ރާއްޖެއިން ޕާކިސްތާނަށް ސަފީރަކު ޢައްޔަނުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖެއިން ޕާކިސްތާނަށް ސަފީރަކު އައްޔަނު ކުރުމާމެދު މަޖިލީހުން ވަކިގޮތެއް ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

އެގޮތުން ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ޤާނޫނު ނަންބަރު 20/2021 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ހ.ސެލީނާ، ޚަދީޖާ ނަޖީޙާ އައްޔަންކުރުމާއިމެދު މަޖިލީހަށް ފެންނަ ގޮތެއް ކަނޑައެޅުމަށް މިއަދުގެ ޖަލްސާއަށް ވަނީ ހުށައަޅާފައެވެ.

އަދި ޚަދީޖާ ނަޖީޙާގެ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ ފޮނުއްވާފައެވެ. ނަޖީހާ އަކީ ފޮރިން މިނިސްޓްރީގައި 1999 އިން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ސަފީރުކަމަށް އައު ބޭފުޅަކު ޢައްޔަނުކުރުމަށް ރައީސް ނިންމަވާފައިވާއިރު އިންތިޤާލީ މަރުޙަލާގައި އާ ސަފީރުން އައްޔަނު ނުކުރުމަށް އިންތިޤާލީ އޮފީހުން ސަރުކާރަށް ވަނީ ގޮވާލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން