ޢަދާލަތު ޕާޓީން ރައްޔިތުންގެ މަޖިލީހުގެ 5 ގޮނޑިއަކަށް ވާދަކުރުމާމެދު އެޕާޓީގެ ކައުންސިލްގައި މަޝްވަރާކޮށްފިއެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު ޢަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނިޒާރު ވިދާޅުވެފައިވަނީ، މަޖިލީހުގެ އިންތިޚާބުގައި 5 ދާއިރާއަކަށް ވާދަކުރުމާމެދު އެޕާޓީގެ ގޮފިތަކާއި، ދާއިރާތަކާ އިތުރަށް މަޝްވަރާކުރުމަށް ރޭ ނިންމާފައިވާ ކަމަށެވެ.

މަޖިލީސް އިންތިޚާބުގައި ޢަދާލަތު ޕާޓީން ފަސް ދާއިރާއަކަށް ވާދަކުރުމަށް ޕާޓީގެ ކައުންސިލްގައި މަޝްވަރާ ކޮށްފައިވާއިރު އަދާލަތު އުފެދުނީއްސުރެ މިހާތަނަށް އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ މަޖިލީސް އިންތިހާބުގެ އެންމެ ގޮނޑި އެކެވެ. އެއީ 2014 ވަނަ އަހަރު ޑރ. އަނާރާ ނައީމް ކާމިޔާބު ކުރެއްވި މަކުނުދޫ ދާއިރާގެ މަޖިލީސް ގޮނޑިއެވެ.

އަދާލަތު ޕާޓީއަކީ އެމްޑީޕީ ސަރުކާރުގެ ބައިވެރިއެކެވެ. ނަމަވެސް މަޖިލީސް އިންތިޚާބުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރުމުގެ ޝައުޤުވެރިކަން ހުރިކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން