މާލޭ މޭޔަރުކަމުގެ މަގާމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ކުރިމަތި ލައްވަން ނިންމަވައި އެކަން އިއުލާން ކުރައްވައިފި އެވެ.

މާލޭގެ މޭޔަރު ކަމުގެ މަގާމު ހުސްވާނީ މިހާރު އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރކަން ކުރެއްވި ޙުސެން ރޭ ވިދާޅުވީ މާލޭގެ މޭޔަރުކަމަށް ވާދަ ކުރަށްވާނެ ކަމަށާއި ވީހާވެސް ގިނަ ބައެއްގެ ތާއީދު އެ އިންތިހާބުގައި އޭނާއަށް ދެއްވުމަށް އެދޭ ކަމަށެވެ.

އޭގެ އިތުރުން ގިނަ ބަޔަކު އެސުވާލުގެ ޖަވާބު ބޭނުންވާތީ ދަންނަވާލީ ކަމަށްވެސް ޙުސެން ވިދާޅުވިއެވެ. ޙުސެން މޭޔަރުކަމަށް ވާދަކުރަށްވާނެ ކަމަށް ބޮޑަށް ބެލެވެނީ ޕީޕީއެމް/ޕީއެންސީގެ ފަރާތުންނެވެ.

ޕޮލިސް ކޮމިޝަނަރު ކަމުން ހުސައިން ވަހީދު ވަކިކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު އެވެ. ޙުސެން މިހާރު ހުންނެވީ ޗެނަލް13ގެ ސީއީއޯގެ މަޤާމުގައެވެ.

ހުސައިން ވަހީދު މޭޔަރުކަމަށް ވާދަ ކުރައްވަން ނިންމެވިއިރު މިހާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އާއި ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހު ވެސް މާލޭގެ މޭޔަރުކަމަށް ޝައުގުވެރިވާކަން ވަނީ އިއުލާންކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން