އަމާޒަކީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް ހޯދުންކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. މުޢިއްޒު ރޭ ވިދާޅުވީ އަމާޒަކީ އަންނަ އަހަރުުގެ ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަޣުލަބިއްޔަތު ހޯއްދެވުން ކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް، ޕީޕީއެމް/ޕީއެންސީގެ މެމްބަރުން މަޖިލީހުގައި ތިއްބެވުން ވަރަށް ބޭނުންތެރި ކަމަށެވެ. އަދި ސަރުކާރުގެ ސްޕީޑް ބާރުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް މުހިއްމުކަން ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން ބަލައިގަންނަ، ތައުލީމީ ބަޔަކަށްވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އަންހެން މެމްބަރުންގެ އަދަދު މަދުވެގެން ތިންބައިކުޅަ އެއްބަޔަށް ހެދުމަށް ބޭނުންވާ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ 8 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން