އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އައިސް އުފާކޮށްހެދުމުގެ މަގު ބަންދުކުރަންޖެހޭ ކަމަށް ޝެއިހް އަލީ ޒައިދު މިއަދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު އިޒްރޭލުގެ އިސްތިއުމާރާއި ދެކޮޅަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާތަކަކާއެކު މުޅި ދުނިޔޭގެ ސަމާލުކަން ވަނީ މެދުއިރުމައްޗަށް ހުއްޓިފައެވެ.

ހަމާސް ޖަމާއަތުން ދިން ވަރުގަދަ ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އިސްރާއީލުން ދަނީ ގާޒާގެ އެތަންމިތަނަށް ވައިގެ މަގުން ހަމަލާތައް ދެމުންނެވެ. ދެ ފަރާތުން ބަދަލުކުރަމުންދާ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.

އެކަމާ ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓަށް ރާއްޖެ އައިސް އުފާކޮށް ހެދުމުގެ މަގު ބަންދުކުރަންޖެހޭ ކަމަށެވެ. އޭގެއިތުރުން ލާއިންސާނީ ޢަމަލު ހިންގާ މީހުން ރާއްޖެ އެތެރެވުން ހުއްޓުވަންޖެހޭ ކަމަށްވެސް ޒައިދު ވިދާޅުވިއެވެ.



އިސްލާމިކް މިނިސްޓްރީން މިހާރުވަނީ ޔަހޫދީންގެ އަތްތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޤުނޫތު ނާޒިލާ ކިޔުމަށް އަންގާފައެވެ.

ހަމާސްއިން މިހާރު ކުރިއަށްގެންދާ "އޮޕަރޭޝަން އަޤްޞާ ފްލަޑް" ގައި އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށް އަމާޒުކޮށް ފަސްހާހަށްވުރެގިނަ ޢަދަދަކަށް ރޮކެޓް ހަމަލާވަނީ ދީފައެވެ. މި ޙަމަލާތަކުގައި އިޒްރޭލުގެ އެތައް ސަތޭކަ މީހުން ވަނީ މަރުވެފައެވެ. މިކަމާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ އެތައްހާސް މީހުން ޝަހީދުކޮށްލާފައިވެއެވެ.

ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއަކީ މިހާތަނަށް ހަމާސްއިން އިސްރާއީލާއި ދެކޮޅަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ. ޔަހޫދީންގެ ބަންދަކާއި ދިމާކޮށް ދިން ހަމަލާއާ ގުޅޭ ޖާސޫސީ އެއްވެސް މައުލޫމާތެއް އިސްރާއީލަށް ލިބިފައިނުވާތީ ދުނިޔޭގެ ގިނަ ބަޔަކަށް ވަނީ ބޮޑު ޙައިރާންކަމެއް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

އަސްލަމް

17-Oct-2023

މިއަދު އެބާރު އޮތީ ޒައިދުމެން އަތުގަ!



ޓްރެންޑިން