ރާއްޖޭގައި ޖިންސީގޯނާގެ މައްސަލަތަކުގެ އަޑުތައް ގަދަވެފައިވާ މި ދުވަސްވަރު އެފަދަ ޝަކުވާތަކުގެ ޚަބަރުތައް ނޫސްތަކުން ގެނެސްދޭތީ ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް ނޫސްވެރިންނަށް ފާޑުވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް ނިސްބަތްވެ ވަޑައިގަންނަވާ ޢަދާލަތު ޕާޓީގެ ރައީސް ވެސް ހިމެނޭ ގޮތުން ގިނަބައެއްގެ ޖިންސީ ގޯނާގެ މައްސަލަތަކެއް މީސް މީޑިއާއަށް ތިލަވެފައިވާ މި ދުވަސްވަރު އެފަދަ މަޢުލޫމާތު ނޫސްތަކުން ހެއްކާއެކު ޢާއްމު ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް އިޔާޒް ވަނީ ވިދާޅުވެފައެވެ.
"ނޫސްވެރިކަމަކީ ދެމީހެއްގެ ދެމެދުގައި ހިންގާފައިވާ ބަދުއަޚުލާޤީ ޢަމަލުތަކެއް ނުވަތަ ޗެޓްލޮގްތަކެއް ޢާއްމުންނަށް ތިލަކުރުން ކަމުގައި ހެދުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް. ނޫސްވެރިންނަކީ މީހަކު ފަޟީހަތް ކުރުމުގެ ނުވަތަ ޒާތީ މަޢުލޫމާތެއް ހާމަކުރާ ބަޔަކަށް ވެގެން ނުވާނެ." ކަމަށް އިޔާޒް ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން މީސްމީޑިއާގައި އިޔާޒަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ބައެއް މީހުން ވަނީ، ޑރ. އިޔާޒް މީހުންނާ ދިމާކުރުން އޯކޭ ކަމަށާއި، ނަމަވެސް އެހެން މީހުން އިޔާޒަށް ނިސްބަތްކޮށް އެއްޗެއް ބުނުމުން ކުށްވެރިވާކަމަށް ބުނެފައެވެ. އަދި އިޔާޒަށް އެފަދަ ކަމެއް ކުރެވުނީތޯ އެއްބަޔަކު ސުވާލްކޮށްފައި ވާއިރު، އަނެއް ބަޔަކު ބުނެފައި ވަނީ، ޖިންސީ ފުރައްސާރައާ ގުޅޭ ސްކްރީންޝޮޓެއް އޮތްނަމަ އެއީ ކޮންމެ މީހެއްގެ ކަމުގައި ވިޔަސް އެ ޚަބަރު ނޫސްތަކަށް އަރާނެ ކަމަށެވެ.
އިޔާޒް ބޮޑަށް ފާހަގަ ކުރެވިފައިވަނީ އެމްޑީޕީ އާއި، ކުރީގެ ރައީސް ނަޝީދަށް ކުރެވޭ ކުދިކުދި ކަންތައްތައްވެސް ބޮޑުކޮށްގެން މީސްމީޑިއާގައި ގޯސް ތަޞައްވަރެއް ގެނެސްދެއްވުމަށް މަސައްކަތްކުރައްވާ ދީނީ ޢިލްމު ވެރިއެއްގެ ގޮތުގައެވެ. ނަމަވެސް ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފެންމަތިވެ މުޅިރާއްޖެ އެކަމާ ދެކޮޅަށް ތެދުވެފައިވާ މި ދަނޑިވަޅުގައި ޑރ. އިޔާޒަށް އެ މައްސަލަތައް ގެނެސްދޭ ނޫސްވެރިން ގޯސްވާން ޖެހުނު ސަބަބެއް އަދި ވަނީ ފަރުދާގެ ފުރަގަހުގައި ފޮރުވިފައެވެ.
ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމަކީ ޒަމާނީ ޑިމޮކްރެސީގެ ނިޒާމެއް ކަމަށްވާއިރު މި ނިޒާމުގެ ހަތަރުވަނަ ބާރަކީ މީޑިއާ ކަމުގައި ކަނޑައެޅިފައި ވަނީ އެނިޒާމުގައި ހިމެނޭ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ފަރާތްތަކާއި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ފާރަވެރިވެ އެމީހުން ހިންގާ ނާތަހުޒީބު މުޑުދާރު ގާނޫނާ ޚިލާފު ކަންކަން ރައްޔިތުންނާއި ހަމައަށް ތިލަކޮށްދިނުމަކީ މިނިޒާމުގެ މިނިވަން މީޑިއާއެއްގެ ޒިންމާއެއްކަން ފާހަގަކޮށްލެވެއެވެ.

Iyaz meehun naai dhimaa kurun ok. Iyaz menge vaahaka eh dhakaalaa ira ebayaku kuhveri ve.
— Aduham Mufeed (@AduhamMufyd) July 18, 2020
މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން މީސްމީޑިއާގައި އިޔާޒަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ބައެއް މީހުން ވަނީ، ޑރ. އިޔާޒް މީހުންނާ ދިމާކުރުން އޯކޭ ކަމަށާއި، ނަމަވެސް އެހެން މީހުން އިޔާޒަށް ނިސްބަތްކޮށް އެއްޗެއް ބުނުމުން ކުށްވެރިވާކަމަށް ބުނެފައެވެ. އަދި އިޔާޒަށް އެފަދަ ކަމެއް ކުރެވުނީތޯ އެއްބަޔަކު ސުވާލްކޮށްފައި ވާއިރު، އަނެއް ބަޔަކު ބުނެފައި ވަނީ، ޖިންސީ ފުރައްސާރައާ ގުޅޭ ސްކްރީންޝޮޓެއް އޮތްނަމަ އެއީ ކޮންމެ މީހެއްގެ ކަމުގައި ވިޔަސް އެ ޚަބަރު ނޫސްތަކަށް އަރާނެ ކަމަށެވެ.
Dhemeehehge dhemedhugai hingaafaivaa kamehge chatlog aamunnaa hama ah genesdhee emeehunge anhen dharin rahkaa theri kuran furusathu libey fadha news eh liyun ei goas kameh noon. “Remember, the Almighty is always with the righteous!”
— Rysh 🇲🇻 (@RyshIbrahim) July 18, 2020
އިޔާޒް ބޮޑަށް ފާހަގަ ކުރެވިފައިވަނީ އެމްޑީޕީ އާއި، ކުރީގެ ރައީސް ނަޝީދަށް ކުރެވޭ ކުދިކުދި ކަންތައްތައްވެސް ބޮޑުކޮށްގެން މީސްމީޑިއާގައި ގޯސް ތަޞައްވަރެއް ގެނެސްދެއްވުމަށް މަސައްކަތްކުރައްވާ ދީނީ ޢިލްމު ވެރިއެއްގެ ގޮތުގައެވެ. ނަމަވެސް ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފެންމަތިވެ މުޅިރާއްޖެ އެކަމާ ދެކޮޅަށް ތެދުވެފައިވާ މި ދަނޑިވަޅުގައި ޑރ. އިޔާޒަށް އެ މައްސަލަތައް ގެނެސްދޭ ނޫސްވެރިން ގޯސްވާން ޖެހުނު ސަބަބެއް އަދި ވަނީ ފަރުދާގެ ފުރަގަހުގައި ފޮރުވިފައެވެ.
ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމަކީ ޒަމާނީ ޑިމޮކްރެސީގެ ނިޒާމެއް ކަމަށްވާއިރު މި ނިޒާމުގެ ހަތަރުވަނަ ބާރަކީ މީޑިއާ ކަމުގައި ކަނޑައެޅިފައި ވަނީ އެނިޒާމުގައި ހިމެނޭ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ފަރާތްތަކާއި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ފާރަވެރިވެ އެމީހުން ހިންގާ ނާތަހުޒީބު މުޑުދާރު ގާނޫނާ ޚިލާފު ކަންކަން ރައްޔިތުންނާއި ހަމައަށް ތިލަކޮށްދިނުމަކީ މިނިޒާމުގެ މިނިވަން މީޑިއާއެއްގެ ޒިންމާއެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު