ބ. ފުޅަދޫ ކައުންސިލްގެ ރައީސް އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ގުޅިވަޑައިގެންފިއެވެ.

ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒްހަރުގެ މެމްބަރޝިޕް ފޯމާ ހަވާލުވެލެއްވީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ.

އަޒުހަރު ވިދާޅުވީ، ޕީއެންސީއަށް ސޮއިކުރެއްވީ ފުޅަދޫގެ ރައްޔިތުންގެ ކުރިމަގަށްޓަކައި ކަމަށާއި ޑރ.މުޢިއްޒުގެ ސަރުކާރުގައި އެ ދާއިރާއާއި ރަށަށް އިތުރު ކުރިއެރުން ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އަޒުހަރު މިމޭރުމުން ވިދާޅުވެފައިވާއިރު އިންތިޚާބީ ރައީސް ޑރ. މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ ހިނގަމުންމިދާ ސަރުކާރުގައި ކައުންސިލްތައް ހިންގަން ދަތިތައް ކުރިމަތިކުރުވި ކަމަށެެވެ.

އަދި ދެން ފެނިގެންދާނީ ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރެވިގެންދާނެ ސަރުކާރެއް ކަމަށްވެސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން