އަންނަ އަހަރު ޚާއްސަ އިސްކަމެއް ދީގެން 5 އޮޑިޓެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އޮޑިޓް އޮފީހުން ބުނެފައިވަނީ އަންނަ އަހަރު ޖުމްލަ 346 އޮޑިޓެއް ކުރަން ނިންމާފައިވާކަމަށެވެ.

އޭގެ ތެރެއިން ޚާއްސަ އިސްކަމެއްދީގެން އޮޑިޓް ކުރުމަށް ހަމަޖެހިފައިވަނީ އެސްޓީއޯއާއި ފިއުލް ސަޕްލައިގެ ތެލުގެ ސްޓޮކާއި، އެސް.ޑީ.އެފް.ސީ، މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އަދި މޯލްޑިވްސް ފްލޯޓިން ސިޓީ ޕްރޮޖެކްޓެވެ.

އޭގެއިތުރުން އަންނަ އަހަރު ފައިނޭންޝިއަލް އެންޑް ކޮމްޕްލިއަންސް އޮޑިޓުގެ ގޮތުގައި 294 އޮޑިޓެއް ކުރާނެ ކަމަށާއި އޮޑިޓް ރިވިއުސްގެ ގޮތުގައި 39 އޮޑިޓެއް ކުރާނެ ކަމަށް އޮޑިޓް އޮފީހުން އެބައްދަލުވުމުގައި ވަނީ ބުނެފައެވެ. އަދި ޕާފޯމަންސް އޮޑިޓުގެ ގޮތުގައި 4 އޮޑިޓެއް ކުރުމަށް ހަމަޖެހިފައިވާއިރު އިންފޮމޭޝަން ސިސްޓަމްސްގެ 4 އޮޑިޓެއް ކުރުމަށް ނިންމާފައިވެއެވެ.

އޮޑިޓް އޮފީހުން ވަނީ އެ އޮފީސް ހިންގުމަށް އަންނަ އަހަރަށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިނުމަށްވެސް މަޖިލީހުގައި އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން