މާދަމާގެ ނިޔަލަށް އިންތިގާލީ ކޮމެޓީތަކުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑިރެކްޓަރ އޮފް ޓްރާންޒިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދުރޭ ވިދާޅުވީ ކަނޑައެޅި ތާރީހަށް މަސައްކަތްތައް ނުނިމުނީ ބައެއް އިދާރާތަކުން ދޭން ޖެހޭ އެއްބާރުލުން އެންމެ އެކަށީގެންވާ ގޮތުގައި ނުލިބިގެން ކަމަށެވެ.

ޓްރާސްސިޝަނަލް އޮފީހުން މަސައްކަތް ކުރަމުން ދިޔައީ މި މަހުގެ 15 ވަނަ ދުވަހަށް ކޮމެޓީތަކުގެ މަސައްކަތްތައް ނިންމުމަށެވެ. ނަމަވެސް އެ މުއްދަތަށް އެ މަސައްކަތް ނުނިމުމުން މާދަމާގެ ނިޔަލަށް މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ.

ހަމައެއާއެކު މަސައްކަތްތައް ނުނިމުނީ ބައެއް އިދާރާތަކުން ދޭންޖެހޭ އެއްބާރުލުން އެކަށީގެންވާ ގޮތުގައި ނުލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސިޝަނަލް ކޮމިޓީން ވަނީ ދަޢުލަތުގެ އިދާރާތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރުމަށް ވަކިވަކި ކޮމެޓީތަކެއް އުފައްދާފަ އެވެ. އެ ގޮތުން ސަރުކާރު ވުޒާރާތަކުންނާއި އޮފީސްތަކުން މައުލޫމާތު އެއް ކުރުމަށް އަށް ކޮމެޓީ އެއް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތަށް ހަތް ކޮމެޓީ އެއް ވަނީ އެކުލަވާލާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން