ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމަށް ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ނިންމަވައިފިއެވެ.

މީގެ ކުރިން ވެސް އެފްއޭއެމްގެ ރައީސްކަމުގެ މަގާމު އަދާކުރައްވާފައިވާ ޓޮމް އަނެއްކާވެސް އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައްވާކަން އިއުލާންކުރެއްވީ މިއަދުއެވެ. އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް ޓޮމް ނިންމަވާފައިވާއިރު އެފްއޭއެމްގެ ރައީސް ކަމުގައި މިހާރު ހުންނެވި ބައްސާމް ޢަދީލް ޖަލީލްގެ ރައީސް ކަމުގައި ރާއްޖޭގެ ފުޓުބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ޓޮމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދިނުމަށް އެދޭ ކަމަށެވެ.

“ކުރިއަށް އޮތް އިންތިޚާބުގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން. ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުން އެދެން.” ޓޮމް ވިދާޅުވެފައިވެއެވެ.



އެފްއޭއެމްގެ ރައީސްކަމަށް ޓޮމް ވާދަކުރައްވާކަން އިއުލާންކުރަށްވާފައި ވާއިރު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެފްއޭއެމްގެ ރައީސްކަމަށް ގެނައުމަށްވެސް މީސް މީޑިއާގައި ވަނީ ކެމްޕޭނެއް ފަށައިފައެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް މީގެ ކުރިން ޓޮމް އިންތިހާބުވީ ނަމަވެސް، އޭރުގެ އެކްސްކޯގެ ހުރިހާ މެންބަރުން އިސްތިއުފާދިނުމާއެކު ޓޮމްއަށް އެ މަގާމު ގެއްލިގެންދިޔައެވެ. އޭރު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް ހުންނެވީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

އެފްއޭއެމްގެ ހިންގުން ދޯދިޔާވެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) އާއި ހިންގާ ކޮމިޓީގެ މެންބަރު އަދި ކްލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާބެ) ދާދިފަހުން ވަނީ ހިންގާ ކޮމެޓީން އިސްތިއުފާ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ބެސްޓީ

21-Oct-2023

ވީ ވޯންޓް ދަނގޭ! ޓޮމް އެންޑް ބައްސާމް އައުޓް!



ޓްރެންޑިން