އިންތިޚާބީ ރައީީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ބުނީ މި ބައްދަލުކުރެއްވުން އޮންނާނީ މިއަދު ހަވީރު 3:45ގައި، ފޭސް2ގެ 1 ނަންބަރު ބަސް ސްޓޮޕް ކައިރީގައި ކަމަށެވެ.

މިއީ ރިޔާސީ އިންތިޚާބުގެ ކާމިޔާބީއަށްފަހު، ޑރ. މުޢިއްޒު ހިޔާ ސަރަޙައްދުގެ ރައްޔިތުންނާއެކު ބާއްވަވާ މިފަދަ ފުރަތަމަ ބައްދަލުކުރެއްވުމެވެ.

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޑރ. މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ފްލެޓް ދޭނީ، ހިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓުން މި ސަރުކާރުން އުނިކުރި މީހުންނަށް ކަމަށް ވަޢުދުވެވަޑައިގެންފައިވެއެވެ.

ރިޔާސީ އިންތިޚާބަށްފަހު ޑރ. މުޢިއްޒު ވަނީ 2 އޮކްޓޯބަރުގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ. އަދި ރޭ ޑރ. މުޢިއްޒު ވަނީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި މާލެ ސަރަހައްދުގައި ކެމްޕެއިން ކުރެއްވި ކެމްޕެއިން ޓީމްތަކާވެސް ބައްދަލު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން