އެއްވެސް ފަރާތެއްގެ އިންޒާރަކަށް ފަސްޖެހުމެއް ނެތް ކަމަށާއި ނިކުމެ ހުންނެވީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައިކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ދާޚިލީ ވަޒީރު އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިމޭރުމުން ވިދާޅުވެފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާޢުގައި ރާއްޖޭގައި ބާއްވަމުންދާ ޙަރަކާތްތަކުން ސިޔާސީ މަންފާއެއް ޙާސިލުކުރުމަށް ޢަދާލަތު ޕާޓީއާއި އިމްރާން މަސައްކަތް ކުރަށްވާކަމަށް އެފަދަ ޙަރަކާތްތައް އިންތިޒާމް ކުރަށްވާ ފަރާތްތަކުން ތުހުމަތު ކުރަށްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އިމްރާން ވިދާޅުވީ އެއްވެސް ފަރާތެއްގެ އިންޒާރަށް ފަސްޖެހުމެއް ނެތިި ފަލަސްތީނުގެ ހައްގުގައި ފަރުދީގޮތުުން ކުރެވެން ހުރި ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.

“އެއްވެސް ފަރާތެއްގެ އިންޒާރަކަށް،ބިރުދެއްކުމަށް އަޅުގަނޑު ފަހަތައް ޖެހޭނެ ކަމަށް ހީ ނުކުރަށްވާ.” އިމްރާން ވިދާޅުވިއެވެ.



ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޤަތުލުޢާއްމަން އިންކާރުކޮށް ރާއްޖޭގައި ބޮޑެތި އެއްވުންތަކެއް ބާއްވަމުންދާއިރު ޢަދާލަތު ޕާޓީންވެސް އެފަދަ އެއްވުމެއް ބާއްވަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

ނަމަވެސް ޢަދާލަތުޕާޓީން އެފަދަ އެއްވުމެއް ބޭއްވުމަށް މަސައްކަތް ކުރަނީ ސިޔާސީ މަންފާއެއް ހޯދުމަށާއި ޕަބްްލިސިޓީ ސްޓަންޓެއް ޖެއްސުމަށްކަމަށް ބުނެ ގިނަބަޔަކު ދަނީ އިމްރާނަށް ފާޑު ކިޔަމުންނެވެ.

އިޒްރޭލާ އިދިކޮޅު ޙަރަކާތްތައް ރާއްޖޭގައި ވަރުގަދަވެފައިވާއިރު އިޒްރޭލުން ވަނީ އެގައުމުގެ ރައްޔިތުން ރާއްޖެ ޒިޔާރަތް ކުރުމުގައި ސަމާލުވުމަށް އެދި ޓްރެވަލް އެޑްވައިޒަރީވެސް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން