އިޒްރޭނުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާއްމާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް ޖަމިއްޔާއިން ފަންޑް ރައިޒިން އިވެންޓެއް މިއަދު ބޭއްވުމަށް ނިންމައިފިއެވެ.
"މޯލްޑިވިއަން ވިމެން ވިތު ފަލަސްތީން" ނަމުގައި ބާއްވާ މި އިވެންޓް އޮންނާނީ މިއަދު މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް ހުޅުމާލެ ރުއްގަނޑު 1 ސަރަޙައްދުގައެވެ.
މަމްސް ޖަމުޢިއްޔާއިން ބުނީ ޖަމްބަލް ސޭލެއްގެ ގޮތުގައި ކުރިއަށް ގެންދާ މި ޙަރަކާތުގައި ވިއްކަނީ އެކި ފަރާތްތަކުން ޑޮނޭޓުކޮށްފައިވާ ތަކެތި ކަމަށެވެ.
ހަމައެއާއެކު ޙަރަކާތް ހިނގަމުންދާ ވަގުތު އެޙަރަކާތަށް ފައިސާ ހޯދުމަށް ފުޑް ކޯނާއެއް ވެސް ހިނގަމުންދާނެ ކަމަށާއި ކުޑަކުދިންނަށް ހާއްސަކޮށްގެން އެކި ކަހަލަ ޙަރަކާތްތައްވެސް ކުރިއަށް ގެންދާނެކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.
“ބައްލަވައި ގަންނަވާ ކޮންމެ އައިޓަމަކީ އެއާއިލާ ތަކަށް ފޯރުކޮށްދެވޭ ވަރަށް ބޮޑު އެހީއެއް.” މަމްސް ޖަމިއްޔާއިން ބުނެފައިވެއެވެ.
މި އިވެންޓުން ލިބޭ ފައިސާ ޖަމާކުރާނީ ފަލަސްތީނަށް އެހީ ފޯރުކޮށްދެމުން އަންނަ އިންޓަނޭޝަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަންޑަށް ކަމަށް މަމްސް ޖަމިއްޔާއިން މަޢުލޫމާޓުދެއެވެ.

Palestine ge rayyithunnah ehee vumah maadhama beyvvumah hama jehifaivaa fundraising event ah veehaaves gina beyfulhun vadaigen dhevvaa!
— Moms Aid (@Moms_Aid) October 20, 2023
Ballavaigannavaa konme item akee e aailaa thakah foarukoh dhevey varah bodu ehee eh. #freepalestine @hdcmaldives @IACMaldives pic.twitter.com/NeNdz39sfG
މި އިވެންޓުން ލިބޭ ފައިސާ ޖަމާކުރާނީ ފަލަސްތީނަށް އެހީ ފޯރުކޮށްދެމުން އަންނަ އިންޓަނޭޝަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަންޑަށް ކަމަށް މަމްސް ޖަމިއްޔާއިން މަޢުލޫމާޓުދެއެވެ.
ކިޔުންތެރިންގެ ހިޔާލު