ފަލަސްތީނުގެ ރައްޔިތުންނަށް ފައިދާ ކުރާނީ ޗަރުކޭސްނުކުޅެ އެމީހުންނަށް ހެޔޮ ދުޢާ ކުރުމުން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޖަމާލު ވިދާޅުވެއްޖެއެވެ.

އިލްޔާސް މިމޭރުމުން ވިދާޅުވެފައިވާއިރު ފަލަސްތީނު ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކޮށްދީ، އެމީހުންނަށް އެހީތެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އެތައް ހަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ލާއިންސާނީ އަނިޔާތައް ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކޮށްދޭން ރޭ މާލޭގައި ބޭއްވި ބޮޑު ހިނގާލުމުގައި ކުދި ބޮޑު އެތައް ސަތޭކަ ބަޔަކު ބައިވެރިވެ، އެމީހުންގެ ހިތުގައި ފަލަސްތީނުގެ ރައްޔިތުންނާއިމެދު އޮތް ލޯބި ވަނީ ހާމަކޮށްދީފައެވެ.

ދިވެހިން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައިކަން ހާމަކޮށް ރާއްޖޭގައި މިހާރު ކުރިއަށްގެންދާ ޙަރަކާތްތަކާ ގުޅިގެން އިލްޔާސް ވިދާޅުވީ، ބޮލުގައި ފޮތި އައްސައިގެންނާއި ދިދަ ހިފައިގެން ސައިކަލްބުރާއި ހިނގާލުންތައް ބޭއްވުން ފަދަ ޗަރުކޭސްތަކަށްވުރެ، ފަލަސްޠީނުގެ ރައްޔިތުންނަށް ފައިދާކުރާނީ، ދެއަތް އުފުލާ ދުޢާކުރުމުން ކަމަށެވެ.



ފަލަސްތީނުގެ ރައްޔިތުންނަށް ތާޢީދުކޮށް މާލޭގައި ރޭ ބޭއްވި ބޮޑު ހިނގާލުމަކީ އަމިއްލަ ޖަމިއްޔާތަކާއި ބައެއް ކްލަބްތައް ގުޅިގެން ބޭއްވި ހިނގާލުމެކެވެ. މާލޭގެ އެންމެ ބޮޑު އެއް މަގުކަމުގައިވާ މަޖީދީ މަގުގައި ކުރިއަށްދިޔަ ހިނގާލުމުގެ ދެ ޖިންސުގެ ކުދި ބޮޑު ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޣަނަމީ

25-Oct-2023

ލަވަޔެއް ނެތްތަ


1

ޚުމާމް

25-Oct-2023

ޢެންމެ ރަގަޅުވާނީ ސިޔާސީ ޕޯޑިއަމް ތަކުގަ އަޑުގައި ނެތްްވަރަށް ކަރުގެ ނާރުތައް ފުއްޕާފައި ހަޅޭ ލެވީމަ. ޢިންޑިއާ އިން ކިހާވާރެއް މީނައަށް ލިބުނުބާ



ޓްރެންޑިން