ފަލަސްތީނު މައްސަލާގައި ސަލަފު ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ޢަލީ ރަމީޒާއި ދާޚިލީ ވަޒީރު އިމްރާން ބަހުގެ ޙަމަލާތަކެއް މީސްމީޑިއާގައި ބަދަލުކޮށްފިއެވެ.
މި ޒުވާބު މީސްމީޑިއާގައި ފެށިފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ކުރަމުންދާ މަސައްކަތުގައި އެއްވެސް ފަރާތެއްގެ އިންޒާރަކަށް ފަސްނުޖެހޭނެކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ދާޚިލީ ވަޒީރު އިމްރާން ވިދާޅުވުމުން ޢަލީ ރަމީޒް އެކަމަށް ރައްދު ދެއްވުމުންނެވެ.
މިނިސްޓަރ އިމްރާނަށް ރައްދު ދެއްވަމުން ޢަލީ ރަމީޒް ވިދާޅުވެފައިވަނީ އާރާއި ބާރު އޮތްދުވަހު ފަލަސްޠީނުގެ ދިފާޢުގައި ކުރި މަސައްކަތް މިނިސްޓަރ އިމްރާން ހުއްޓުވާފައިވާ ކަމަށެވެ. އަދި ބާރުވެރިކަން ނެތުމުން ނިކުމެ ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމަކީ ގޮތެއް ފޮތެއް ނެތުންކަމަށް ޢަލީ ރަމީޒް ވަނީ ވިދާޅުވެފައެވެ.
“ބާރުވެރިކަން ނެތެމުންދާ ދަނޑިވަޅުގައި ނިކުމެ ފަލަސްތީނު ފަލަސްތީނު ކިޔަމުން ކިޔަމުން ނިކުންނާނީ ހަމަ އެއްވެސް ގޮތެއް ފޮތެއް ނެތީމަ.” ޢަލީ ރަމީޒު ވިދާޅުވެފައިވެއެވެ.
ޢަލީ ރަމީޒަށް ރައްދު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ޢަލީ ރަމީޒަކީ ކާކުކަމާއި ކުރަނީ ކޮންކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަމާމެދު ކުރިންވެސް އެއްޗެއް ވިދާޅުނުވާ ކަމަށާއި މިހާރުވެސް އެވާހަކަ ދައްކަވަން ބޭނުން ނުވާކަމަށް އިމްރާން ވިދާޅުވިއެވެ.
“އަޅުގަނޑުމެން ދެމީހުންގެ މެދުގައި ނިޔާކުރައްވާނީ މާތް الله.” އިމްރާން ވިދާޅުވިއެވެ.
އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު މީގެ ކުރިން ޢަލީ ރަމީޒް ވިދާޅުވެފައިވަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރައި މީހުން ރެކްރޫޓްކޮށް ފަންޑު ހޯދައި ސީރިޔާ އާއި އެހެން ގައުމުތަކަށް މީހުން ފޮނުވާ ކަމަށް ބުނެ އޭނާއަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ ވަރަށް ގިނައިން ދެކެވޭ ވާހަކަތަކެއް ކަމަށާއި، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ދުވަހަކުވެސް އެފަދަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ އަލީ ރަމީޒު ވަނީ މާތް ﷲ ގަންދީ އެކަން ނުކުރަށްވާކަމަށް ހުވާކުރައްވާފައެވެ.
ޢަލީ ރަމީޒް އިސްކޮށް ޙަރަކާތްތެރިވާ ޖަމިއްޔަތުލް ސަލަފަކީ އިސްލާމް ދީނަށް ދިވެހީން ހޭލުންތެރިކޮށް ދީނީ ކަންކަން ކުރިއެރުވުމަށް އުފައްދާފައިވާ ޖަމިއްޔާއެކެެވެ. އެޖަމިއްޔާގައި ރާއްޖޭގެ މަޝްހޫރު ގިނަ ދީނީ އިލްމްވެރިން ހިމެނިވަޑައިގަންނަވައެވެ.

Aaraai baarugai huri dhuvahu, aniyaaveri izreyluge udhuvaanu thakaa dhekolhah beyvvi cycle buru huttuvaafa, ekkala baaruverikan nethemundhaa dhandivalhugai nukume, falastheen falastheen kiyamun kiyamun nukunnaanee hama evves gotheh fotheh netheema. pic.twitter.com/mm7yWEKDst
— Ali Rameez (@aliramyz) October 20, 2023
ޢަލީ ރަމީޒަށް ރައްދު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ޢަލީ ރަމީޒަކީ ކާކުކަމާއި ކުރަނީ ކޮންކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަމާމެދު ކުރިންވެސް އެއްޗެއް ވިދާޅުނުވާ ކަމަށާއި މިހާރުވެސް އެވާހަކަ ދައްކަވަން ބޭނުން ނުވާކަމަށް އިމްރާން ވިދާޅުވިއެވެ.
“އަޅުގަނޑުމެން ދެމީހުންގެ މެދުގައި ނިޔާކުރައްވާނީ މާތް الله.” އިމްރާން ވިދާޅުވިއެވެ.
އަލީރަމީޒަކީ ކާކުކަން، ކުރަނީ ކޮން ކަމެއްކަން އަޅުގަޑައް އެނގޭ.
— Imran Abdulla (@ShimranAb) October 21, 2023
ނަމަވެސް ކުރިންވެސް އެއްޗެއް ނުބުނަން އަދި މިހާރުވެސް އެވާހަކަ ދައްކާކަށް ނެތިން.
އަޅުގަނޑުމެން ދެމީހުންގެ މެދުގައި ނިޔާކުރައްވާނީ މާތް الله. https://t.co/8CxIfMHoov
އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު މީގެ ކުރިން ޢަލީ ރަމީޒް ވިދާޅުވެފައިވަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރައި މީހުން ރެކްރޫޓްކޮށް ފަންޑު ހޯދައި ސީރިޔާ އާއި އެހެން ގައުމުތަކަށް މީހުން ފޮނުވާ ކަމަށް ބުނެ އޭނާއަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ ވަރަށް ގިނައިން ދެކެވޭ ވާހަކަތަކެއް ކަމަށާއި، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ދުވަހަކުވެސް އެފަދަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ އަލީ ރަމީޒު ވަނީ މާތް ﷲ ގަންދީ އެކަން ނުކުރަށްވާކަމަށް ހުވާކުރައްވާފައެވެ.
ޢަލީ ރަމީޒް އިސްކޮށް ޙަރަކާތްތެރިވާ ޖަމިއްޔަތުލް ސަލަފަކީ އިސްލާމް ދީނަށް ދިވެހީން ހޭލުންތެރިކޮށް ދީނީ ކަންކަން ކުރިއެރުވުމަށް އުފައްދާފައިވާ ޖަމިއްޔާއެކެެވެ. އެޖަމިއްޔާގައި ރާއްޖޭގެ މަޝްހޫރު ގިނަ ދީނީ އިލްމްވެރިން ހިމެނިވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ހިޔާލު