މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރުނު ހުދު ސަމާލް
މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރުނު ހުދު ސަމާލް
50 މޭލަށް ވައި ގަދަވެ ރާޅު އަރާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް "ހުދު ސަމާލް" ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ހައްދުންމަތިން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ.

މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އިއްޔެވެސް ވަނީ ކަނޑުމަތީގެ ގިނަ ޙާދިސާތަކެއް ހިނގައި ބައެއް އުޅަނދުފަހަރު އަޑިއަށްވެސް ގޮސްފައެވެ.



މިއަދު ހެނދުނު 07:00 އިން މެންދުރު 12:00 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވުމުގެ ސަބަބުން ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން