މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ މުޖުތަމައަށް އަލުން އަނބުރާ ނިކުތުމުން އެކަން ބަލައިގަންނަންޖެހޭކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސާލިހް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ އިމާދު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކުން އެކަމުން ސަލާމަތްވުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް މުޖުތަމަޢުގެ ވިސްނުން ބަދަލު ނުކޮށް މަސްތުވާތަކެތީގެ މައްސަލައަށް އެކަށޭނެ ޙައްލެއް ހޯދުމަކީ ކުރެވޭވަރަށްވުރެ ބުރަ ކަމެއްކަމަށެވެ. އެގޮތުން އެފަދަ މީހުން ފަރުވާއަށްފަހު އެނބުރި މުޖުތަމައަށް ނިކުތުމުން، އާއިލާއިންނާއި މުޅި މުޖުތަމައުން ބަލައިގަންނަންޖެހޭ ކަމަށް އިމާދު ވިދާޅުވިއެވެ.

"އޭނަގެ އާއިލާއިން އޭނައަށް އިތުބާރުކުރުމާ، އޭނަގެ މުޖުތަމައުން އޭނައަށް އިތުބާރުކުރުމާ، އޭނައަށް ވަޒީފާގެ ފުރުސަތު ލިބުމާ، ކަމެއްގަ އެންގޭޖްވެގެން އުޅުން." އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާއިން މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް އޮތް ފުރުސަތު ހަނިކަމަށެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓުން މިކަމަށް ކުރާ ޚަރަދު އިތުރުކުރަންޖެހޭ ކަމަށާއި، ރާއްޖޭގައި އެދާއިރާގެ ފަންނީ ބޭފުޅުން މަދުކަން އިމާދު ފާހަގަ ކުރެއްވިއެވެ.

ރޭގެ ޕްރޮގްރާމްގައި އިމާދު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ޤައުމީ މައްސަލައެއް ކަމަށާއި، އެމައްސަލަ ޙައްލުކުރުމަށް ޤައުމީ ސިޔާސަތެއް އޮންނަންޖެހޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

ާދާއޫދުސޮރު

24-Oct-2023

މޮޅު ވާހަކަ ނުދައްކާ ،ކިތައް ސަތޭކަ މީީހުންބާ ތިބީ ކޮމިއުނިޓީ ފަރުވާ ނުދެވި ، އެ ވެސް ބަޖެޓް ނެތީމަބާ. ތަނެއް އޮތިއްޔާ ހަވާލުވެ ބޮޑު މުސާރަ ނެގުން ނޫން ކަމެއް އިމާދަށް ކުރެވިފައެއް ނެތް. ހަވާކުވީދުވަހު ދެއްކި ވާހަކަ އާއި އަމަލުވެސް ދިމާވެފަ ނެތް. ތީ ގޮޑިފުރާލާފަ ދާވެރިއެއް. ސުމެއް ހަމަ.



ޓްރެންޑިން