ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޤަރާރަކުން ފ. މަގޫދޫގެ އިދާރީ އިޚްތިޞާސުން އެރަށުގައި ތަރައްގީކުރާ އެއާޕޯޓު ސަރަހައްދު ވަކިކޮށްފިއެވެ.
ރާއްޖޭގެ ހުރިހާ އެއާޕޯޓުތައް ހިންގަމުން ދަނީ އެއާޕޯޓު އޮންނަ ރަށުގެ އިހުތިސާސުން ވަކިކޮށްގެންނެވެ.
އެހެންކަމުން ރައީސްގެ ޤަރާރުގައި ބުނެފައިވަނީ، ފ. މަގޫދޫގެ އިދާރީ އިޚްތިޞާސުން އެރަށުގައި ތަރައްގީކުރާ އެއާޕޯޓު ސަރަހައްދު ވަކިކޮށްފައިވާ ކަމަށެވެ. ރައީސް ޞާލިޙްގެ ސަރުކާރުން ތަރައްޤީކުރަން ފަށާފައިވާ މަގޫދޫ އެއާޕޯޓަކީ ޕްރައިވެޓް ޖެޓްތައް ޖެއްސޭނެ އެއަރޕޯޓެކެވެ. އަދި އެއަރޕޯޓްގެ ރަންވޭ 1800 މީޓަރަށް ދިގުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ 1-56 މާއްދާގެ (ހ)ގައި ވާގޮތުން ދިވެހިރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމުގެ މަސްޢޫލިއްޔަތު މަތިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
މަގޫދޫ އެއަރޕޯޓު ތަރައްޤީ ކުރަނީ ޕްރައިވެޓް ޖެޓްތައް ޕާކުކުރެވޭނެ ގޮތަށެވެ. ހަމައެއާއެކު ފްލައިޓްތަކަށް ޚިދުމަތް ދިނުމަށް ފިއުލް ފަރމެއްވެސް އެއަރޕޯޓުގައި ޤާއިމުކުރާނެއެވެ. މީގެއިތުރުން އެއަރލައިންތަކުގެ ކްރޫއިންނަށް ތިބެވޭނެ ގޮތަށް ހޮޓަލެއްވެސް ހަދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މަގޫދޫ އެއަރޕޯޓުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 264.9 މިލިއަން ރުފިޔާ އަށެވެ.

ކިޔުންތެރިންގެ ހިޔާލު