ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެމަޤާމުން ވަކިކުރުމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފިއެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 49 މެންބަރަކު ސޮއިކޮށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ މައްސަލައިގައި ރައީސް ނަޝީދަށް އަރުވަންޖެހޭ 14 ދުވަހުގެ ނޯޓިސްވެސް މަޖިލީހުން ވަނީ ދީފައެވެ.
މަޖިލީހުގެ އިދާރާއިން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހަށެވެ.
އެމްޑީޕީން ވަނީ މިދިޔަ ޖޫންމަހުވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދުގެ ތާއީދު ހޯދުމަށް އެމްޑީޕީން މަސައްކަތްކުރި ދަނޑިވަޅުގައި މި މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ.
އެމްޑީޕީން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅީ އެމްޑިޕީއަށް މަޖިލީހުގެ ރިޔާސަތު ހޯދުމަށްކަމަށް އެ ޕާޓީން ބުނެއެވެ. އެމްޑީޕީ ޓިކެޓްގައި މަޖިލިހަށް އިންތިހާބުވެވަޑައިގެން، މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންނެވި ރައީސް ނަޝީދު ވަނީ ޕާޓީގެ ތެރޭގައި އުފެދުނު ހިތްހަމަނުޖެހުންތަކަށްފަހު ޕާޓީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފައްދާފައެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ރައީސް ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު